މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުން ޖޫން 21 ގައި!

މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމަށް 21 ޖޫން 2021 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ޖަލްސާ ޖޫން 21ގައި ބޭއްވުމަށް ނިންމާފައިވާއިރު 14 ދ...

09 Jun 2021 | 09:55

މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމަށް 21 ޖޫން 2021 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ޖަލްސާ ޖޫން 21ގައި ބޭއްވުމަށް ނިންމާފައިވާއިރު 14 ދުވަހުގެ ނޯޓިސް މިހާރު ވަނީ މެމްބަރުންނަށް ދީފައެވެ. މިވޯޓަކީ ކައުންސިލް މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓެކެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފައިވަނީ މި މަހުގެ 20 ގެ ކުރިން މާލޭގެ ޑެޕިއުޓީ މޭޔަރާއި ރަށްރަށުގެ ކައުންސިލްގެ ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ކޮމެޓީގެ ރައީސުންނާއި ނައިބުން އިންތިހާބު ކުރަންޖެހޭނެ ކަމަށެވެ.

މާލެސިޓީ ޑެޕިއުޓީ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް