ރާއްޖެއިން ކޯވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 9:50 ގައި އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިއީ މިއަދު ކޯވިޑްގައި މަރުވި ފުރަތަމަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 190 ވަނަ މީހާ އެވެ.
އިއްޔެ ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މަރުވެފައިވަނީ އެންމެ މީހެކެވެ. އެއީ ލ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެމެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 68،872 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 17،461 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 51،213 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް