ނަފްރަތުގެ ބިލު އޮތީ "އިބިލީސް މެނިފެސްޓޯ"އަށް ފުރުސަތު ހަނިވާ ގޮތަށް: ބޮންޑޭ

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލު އޮތީ "އިބިލީސް މެެނިފެސްޓޯ" އަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑިޕީ މެންބަރު އިބްރާހިމ...

09 Jun 2021 | 05:11

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލު އޮތީ "އިބިލީސް މެެނިފެސްޓޯ" އަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑިޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލާއި ގުޅިގެން އަދާލަތު ޕާޓީ (އޭޕީ)އިން އިއްޔެ ނެރުނު ކަރުދާހެއްގައި "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން މުޖުތަމައުގައި ނަފްރަތު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނުމުންނެވެ.

އެކަމަށް ރައްދު ދެއްވަމުން ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލު އޮތީ ޓަނުން ޓަނުން ބަނގުރާ އޫރުމަސް ވިއްކާމީހާ ގެ ޖަމާއަތުންނެރޭ "އިބިލީސް މެނިފެސްޓޯ"އަށް ފުރުސަތު ހަނިވާގޮތަށް ކަމަށާއި އަދި އެ ބިލު އޮތީ މުސްލިމަކާ ދިމާލަށް ކާފަރަށް ނުގޮވޭ ގޮތަށް ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ވައުދުނާމާ ނުވަތަ މެނިފެސްޓޯ އިލެކްޝަން ކޮމިޝަނާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

އަދާލަތު ޕާޓީ (އޭޕީ)އިން ނެރުނު ކަރުދާހުގައި ބުނީ އެ ބިލަކީ ނަފްރަތުގެ ޢަމަލު ހިންގުމުގެ ކުށް ބަޔާން ކޮށް، އެ ކުށުގެ އަދަބު ކަނޑައަޅާ ބިލެއް ކަމަށް ބުނާ ހިނދު، ބައިނަލް އަޤްވާމީގޮތުން ބަލައިގަނެވޭ މިންވަރަށް ބިލުގައި ނަފްރަތުގެ ޢަމަލު ތަޢުރީފު ކޮށްފައި ނުވާ ކަމަށެވެ.

އެ ޕާޓީން ބުނެފައިވަނީ ހުށަހަޅާފައިވާ ބިލަކީ އިސްލާމީ ޝަރީޢަތާއި، ޤާނޫނު އަސާސީއާއި، ބައިނަލްއަޤްވާމީ ހަމަތަކާއި، ރާއްޖެ ބައިވެރިވާ ބައިނަލް އަޤްވާމީ މުޢާޙަދާތަކުން ލާޒިމްކުރާ އިލްތިޒާމްތަކާ ޚިލާފު، މުޖްތަމަޢުގައި ނަފްރަތާއި ރުޅިވެރިކަން އިތުރުވުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު އިޞްލާހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް