ހިސާން މަރަން ގޮވި މައްސަލައިގަ ސިޔާމްގެ ދިފާއުގައި އަމިއްލަ ޕާޓީ އެމްޑީއޭ!

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަކީ އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަށް އެދޭނެ މީހެއް ނޫން ކަމަށް އެމްޑީއޭ އިން ބުނެފިއެ...

09 Jun 2021 | 05:04

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަކީ އެއްވެސް މީހަކަށް އަނިޔާއެއް ލިބުމަށް އެދޭނެ މީހެއް ނޫން ކަމަށް އެމްޑީއޭ އިން ބުނެފިއެވެ.

އެމްޑީއޭ އިން މިހެން ބުނީ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަންޖެހޭ" ކަމަށް ސިޔާމް ބުނާ އޯޑިއޯ އެއް ލީކުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ލީކުވެފައިވާ އޯޑިއޯގައި ސިޔާމް ވިދާޅުވަނީ ހަގީގަތުގައި ވެސް ހިސާނަކީ ދަންޖައްސަން ޖެހިފައި ހުރި މީހެއް ކަމަށެވެ. އަދި އެކަން ކޮށްގެން ފާފަވެރިއެއް ވެސް ނުވާނެ ކަމަށް އެ އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވެއެވެ..

ސިޔާމް ދިފާއުކޮށް އޭނާގެ ޕާޓީ އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެ ވާހަކައިގެ މުޅި މަފުހޫމު އޮޅުވާލައި ތަފާތު އެކި މަންސަތަކުގައި ޕާޓީގެ ލީޑަރާމެދު ނަފުރަތު އުފައްދަމުން ގެންދާ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް