އައްޑޫ މީދޫގައި އުޅޭ ކާޅުތައް ދޮންދީނިތަކަށް ހަމަލާދީ މަރާތީ، ސިފައިން ނުކުމެ ކާޅުތައް މަަރަނީ!

އައްޑޫ ސިޓީ މީދޫގައި އުޅެމުންދާ ދޮންދީނި މަރައި ދޮންދީނީގެ ނަސްލަށް ގެއްލުން ދެމުންދާތީ އެރަށުގައި އުޅޭ ކާޅު ބަޑި ޖަހައި މަރަން ފަށައިފިއެވެ. މީދޫ އަވަށު އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދު...

09 Jun 2021 | 04:53

އައްޑޫ ސިޓީ މީދޫގައި އުޅެމުންދާ ދޮންދީނި މަރައި ދޮންދީނީގެ ނަސްލަށް ގެއްލުން ދެމުންދާތީ އެރަށުގައި އުޅޭ ކާޅު ބަޑި ޖަހައި މަރަން ފަށައިފިއެވެ.

މީދޫ އަވަށު އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު 6 އިން ފެށިގެން އެމްއެންޑީއެފްގެ ސިފައިން ބަޑި ޖަހައި ކާޅު މަރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ބަޑި ޖަހައި މެރިފައިވަނީ އެންމެ ކާޅެއް ކަމަށް މީދޫ އޮފީހުން ބުނެއެވެ.

ރަށު ތެރޭން ކާޅެއް ފެނިއްޖެނަމަ 9955334 އަދި 7789041 ނަންބަރު ފޯނަށް ގުޅައި މައުލޫމާތު ދިނުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

މީދޫގެ އިތުރުން އައްޑޫގެ އެހެން ރަށްތަކުން މަދު މަދުން ކާޅު ފެންނަމުން އަންނަ އިރު ކާޅުތައް އަންނަނީ ދޮންދީނިތަކުގެ ނަސްލަށް ގެއްލުން ދެމުންނެވެ. އެގޮތުން ކުދި ދޮންދީނިތައް މަރައިގެން ކެއުމުގެ އިތުރުން ދޮންދީނި ހާލިތަކަށް ކާޅުތައް ދަނީ ހަމަލާދެމުންނެވެ.

އައްޑޫ އަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކާޅު އެއްގޮތަކަށްވެސް އުޅޭ ތަނެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ބައެއް މީހުން އައްޑޫއަށް ކާޅު ގެނެސް ގެންގުޅެއެވެ. އެ ގޮތުން ގެންނަ ކާޅުތައް އާލާވެ، ދޮންދީނީގެ އާބާދީއަށް ނުރައްކާ ވަނީއެވެ.

ދޮންދީނިއަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް