ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާގެ މައްސަލަ ބަލަމުންދާ މަޖިލީހުގެ ކޮމިޓީން ހިންގާ ތަހުގީގަށް ހުރަސް ނާޅުއްވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހަމަލާގެ މައްސަލަ ބަލަމުންދާ މަޖިލީހުގެ ކޮމިޓީ އަކަށް ވަކިވަކި ސިފައިން ހާޒިރުވިޔަނުދޭން ރައީސް ޞާލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ނަޝީދު ކުރެއްވުމުންނެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 241 ކޮމިޓީގެ އިންކުއަރީ އަށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެ އިންކުއަރީ އަށް ހުރަސް ނާޅުއްވާކަމާއި އެއްބާރުލުން ލިބޭ ކަމަށް އެ ކޮމިޓީގެ މުގައްރިރު އިއްޔެ ވެސް ވިދާޅުވި ކަމަށެވެ.
އެހެންކަމުން ކޮމިޓީގެ އިންކުއަރީ ގެންދަން ބޭނުންވާ ގޮތަށް ކުރިއަށްދާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނަޝީދު ކުރެއްވި ތުހުމަތަށް އިޝާރާތް ކުރައްވަމުން ރައީސް ވަނީ އެ އިންކުއަރީ އަށް ހުރަސް ނާޅުއްވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް