ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށް ދަނީ ޖިއޯ ބޭގްސްއަށް ވެލިއެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.
މި މަޝްރޫޢަކީ 10.02 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢު ވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2021 ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.
69.87 މިލިއަން ރުފިޔާމި މަޝްރޫޢުގައި، ދިއްދޫގައި ރިވެޓްމަންޓް ޖަހައި، އެއްގަމުތޮށި ލުމުގެ އިތުރުން، ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް