ފިރިމީހާއާނުލާ، ކިމްގެ ކަޅާއި ހުދުގެ އާއިލީ ފޮޓޯއެއް

އެމެރިކާގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން، އޭނާގެ ފިރިމީހާ ނުލައި ދަރިންނާއެކު ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯއެއް އާއްމުކޮށްފިއެވެ. 'ބޭބީ ލަވް' ކެޕްޝަންގައި ޖަހައި، ހަތަރު ދަރިންނާއެކު ކިމް ނަގާފައިވާ...

09 Jun 2021 | 04:16

އެމެރިކާގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން، އޭނާގެ ފިރިމީހާ ނުލައި ދަރިންނާއެކު ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯއެއް އާއްމުކޮށްފިއެވެ.

'ބޭބީ ލަވް' ކެޕްޝަންގައި ޖަހައި، ހަތަރު ދަރިންނާއެކު ކިމް ނަގާފައިވާ މި ފޮޓޯ ނަލައެވެ.

ކިމް އާއި ކެންޔޭ ވެސްޓު ވަރިވާން ފޯމުލާފައި ވީ ނަމަވެސް، ދޭތެރެއަކުން އެދެމީހުން ދިމާވެއެވެ. ކިމްގެ އުމުރުން މިހާރު 40 ވެފައި ވާއިރު، ކެންޔޭއަށް 43 އަހަރެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ވަރިވާން ފޯމުލާފައި ވާއިރު، އެދެމީހުން އެކުގައި ހަތް އަހަރު އުޅިފައި ވެއެވެ.

ކިމް އާއި ކެންޔޭއާ ދެމެދު ކަންކަން އޮޮމާންކޮށް ދާތީ ކިމް ހުންނަނީ ހިތްހަމަޖެހިފައެވެ. ކިމް ދެކޭގޮތުގައި ކެންޔޭ އަކީ ރަނގަޅު ބައްޕައެކެވެ. އަދި ކިމް ބޭނުންވަނީ، ކޭންޔާއަށް ވީވަރަކުން ދަރިންނާއެކު ގިނަ ވަގުތު ހޭދަކުރުމަށެވެ.

ސްކިމްސްގެ ފައުންޑަރ ލަފާކުރާ ގޮތުގައި، ކެންޔޭ ވަރިވާން ބޭނުންވަނީ، އޭނާއާއެކު ދަތުރު ކުރެވޭނެ ބައިވެރިއަކު ހޯދުމަށެވެ. ކެންޔޭގެ ދައްތައަކާ ވާހަކަ ދައްކަމުން، 'އަސްލުވެސް ދެން މަށަށް މިކަމެއް ނުވާނެ' ކަމަށް ކެންޔޭ ބުނެފައި ވެއެވެ.

ކިމް އާއި ކެންޔޭ ވަރިވެއްޖެނަމަ، އެއީ ކިމްގެ ތިންވަނަ ވަރިއަށް ވާނެއެވެ. ކިމް ބުނަނީ ތިންވަނަ ވަރިއެއް ވުމަކީ ފެއިލިޔާއެއް ކަމަށެވެ.

ކިމް އާއި ކެންޔޭ  ވަރިވާން އުޅޭކަމުގެ ޚަބަރުތައް ފެތުފައި ވަނިކޮށް، މިއަހަރުގެ ކުރީކޮޅު ކިމް އޭނާގެ އަގުބޮޑު އެންގޭޖެމެންޓް ރިންގް ނާޅާ އުޅިފައިވެއެވެ.

ކިމްގެ މި އަނގޮޓީގެ އަގަކީ 1.5 މިލިއަން ޑޮލަރު ކަމުގައިވެއެވެ. ކެންޔޭ ވެސްޓްއާ ކިމް ކައިވެނީގެ ގޮށް ޖަހާފައި ވަނީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް