ހިދުމަތްތެރިންނާ ތުއްތު ކުދިންނާ އެތައް ފުރާނައެއް ގެއްލޭއިރު މަޖިލީހު މެންބަރަކު ތައުޒިޔާ ކިޔާނުލާ، މީ ޑިމޮކްރަސީ ؟:ރީކޯ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ސުވާލެއް ކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ރީކޯ ކުރެއްވި ސުވާލު ވަރަށް ސާފެވެ. އެ ސުވާލުގައި ބުނެފައިވަނީ ރާ...

09 Jun 2021 | 03:24

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ސުވާލެއް ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ރީކޯ ކުރެއްވި ސުވާލު ވަރަށް ސާފެވެ.

އެ ސުވާލުގައި ބުނެފައިވަނީ ރާއްޖޭގެ  އަގުހުރި  އެތަށް  ޚިދުމަތްތެރިންނާ  ލޯބި  ތުއްތު  ކުދިންނާ  ،  ރައްޔަތުންގެ  އެތަށްފުރާނައެއް  ގެއްލިގެންދާއިރު  މިރާއްޖޭގެ  ރައްޔަތުން  އެބަޔަކު އިތުބާރު  ކުރި ރައްޔަތުންގެ  މަޖްލީހުގެ އަށްޑިހައެތަށްމެމްބަރުންނެއް  މީ  ގެންއާއިލާއަކަށް ތަޢުޒިޔާކިޔާނުލާކަމަށެވެ. ޑިމޮކްރަސީއަކީ މީތޯ ރީކޯ ސުވާލު އުފައްދާފައިވެއެވެ.

https://twitter.com/ReekoMoosa/status/1402443584691789826

ރީކޯ މި ސުވާލު އުފައްދަވާފައިވާއިރު، ރައްޔިތުންވެސް މި ޝަކުވާ ކުރަމުން އަންނަ މަންޒަރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަންނަނީ ފެންނަމުންނެވެ. އެއީ ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު އެކަމާ މަޖިލީހުން ކަންބޮޑުވާ މަންޒަރު ނުފެންނަ ކަމުގެ ޝަކުވާއާއި ކޮވިޑުގައި ދިވެހި އެތައް ފުރާނައެއް ގެއްލި ދާއިރު ކަހާތަން ހިރުވާލާހެންވެސް ހީ ނުވާކަމުގެ ޝަކުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް