ރިސޯޓަކުން ފައިސާތަކެއް ވަގަށްނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި

ކ. އަތޮޅު ރިސޯޓަކުން ފައިސާތަކެއް ވަގަށްނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އެރިސޯޓުގައި ހުރި ޗައިނާގެ ފަތުރުވެރިއެއްގެ ރޫމުން 1600ޑޮލަރު ވަގަށް ނަގާފައިވާކަމަށް ޖޫން 3ވަނަ ދުވަހު ފުލުހުންނަށް ހު...

09 Jun 2018 | 09:39

ކ. އަތޮޅު ރިސޯޓަކުން ފައިސާތަކެއް ވަގަށްނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އެރިސޯޓުގައި ހުރި ޗައިނާގެ ފަތުރުވެރިއެއްގެ ރޫމުން 1600ޑޮލަރު ވަގަށް ނަގާފައިވާކަމަށް ޖޫން 3ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން، ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، އެރިސޯޓުގައި މަސައްކަތްކުރަމުންދާ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މިމީހާގެ ދަބަހެއްގެ ތެރޭން 1200 ޑޮލަރާއި 1500 ދިވެހި ރުފިޔާއާއި 120 ޔޫރޯ ފެނިފައިވެއެވެ. މިފައިސާ މިހާރު ވަނީ ވެރިފަރާތާއި ހަވާލުކުރެވިފައެވެ.

ވައްކަމުގެ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް