ޝިފާގާއި ނިމާލް ލަންކާ އެމްބަސީއަށް

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާގް މުފީދު (ހިސްޓޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފި ...

09 Jun 2018 | 09:11

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާގް މުފީދު (ހިސްޓޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފި އެވެ.

ނިމާލް އާއި ޝިފާގު ވަނީ ލަންކާ އެމްބަސީއަށް ދެ ބޭފުޅުންގެ ވަޒީފާ ބަދަލުކޮށްފައިވާކަން މީޑިއާ ގައި ކަށަވަރުކޮށްދީފަ އެވެ. މި ދެ ބޭފުޅުންވެސް އައްޔަން ކޮށްފައިވަނީ ލަންކާ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށެވެ.

މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ކުރެއްވި ޝިފާގް، އެޗްއާރުސީއެމުން އިސްތިއުފާ ދެއްވުމާއި އެކު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ނިމާލް އެންމެ ފަހުން އަދާ ކުރެއްވީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. އެ މަގާމުން މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް