ވިއްސާރަ އަލިވެ, މޫސުން ރަނގަޅުވާން ފަށައިފި

މިދިޔަ މަހުގެ ކުރީ ކޮޅުން ފެށިގެން މުޅި ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރަ އަލިވާން ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ހެނދުނު 10:0...

09 Jun 2018 | 06:43

މިދިޔަ މަހުގެ ކުރީ ކޮޅުން ފެށިގެން މުޅި ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރަ އަލިވާން ފަށާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ހެނދުނު 10:00 ން މާދަމާ ހެނދުނު 10:00 އަށް އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވާނެ އެވެ. ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރަނީ އުތުރުގެ ރަށްތަކަށް އެކަންޏެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގައި ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ތިން މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އެހެން ހިސާބުތަކުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.

ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށް ލަފާ ކުރެ އެވެ. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައިގަ ވަނީ 50 މޭލަށް ވައިގަދަވެފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވެ ކަނޑު ދަތުރު ފަތުރަށް ބުރޫ އެރި އެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައި އުތުރުގެ ކަނޑުތައް ގަދަވިޔަސް އެހެން ހިސާބުތަކަށް ކަނޑު މަޑުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް