ޝާރުކްގެ ތިމާގެ މީހަކު ޕާކިސްތާނު އާންމު އިންތިހާބުގައި ވާދަ ކުރަނީ

ބޮލީވުޑްގެ ސުޕާ ސްޓާ ޝާރުކް ހާންގެ ތިމާގެ މީހަކު ޕާކިސްތާނު އާންމު އިންތިހާބުގައި ވާދަ ކުރާކަން އިއުލާނުކޮށްފި އެވެ. ނޫރު ޖަހަން ނަމަކަށް ކިޔާ އެ އަންހެން މީހާ ވާދަ ކުރަނީ ޕާކިސްތާނުގެ އާންމު އިންތިހާ...

09 Jun 2018 | 05:00

ބޮލީވުޑްގެ ސުޕާ ސްޓާ ޝާރުކް ހާންގެ ތިމާގެ މީހަކު ޕާކިސްތާނު އާންމު އިންތިހާބުގައި ވާދަ ކުރާކަން އިއުލާނުކޮށްފި އެވެ.

ނޫރު ޖަހަން ނަމަކަށް ކިޔާ އެ އަންހެން މީހާ ވާދަ ކުރަނީ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ޕިޝާވަރުގެ ގޮނޑިއަކަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ނޫރު މިހާރު ވަނީ އިންތިހާބުގައި ވާދަ ކުރުމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ފޯމު ނަގާފައި އެވެ.

އޭނާ ވަކާލާތު ކުރަނީ އަންހެނުން ބާރުވެރި ކުރުވުމަށެވެ.

ނޫރު ޖަހަން އާއި ޝާރުކް ހާން ތިމާގެ ވަނީ ބައްޕަ ފަރާތުން ކަމަށްވެ އެވެ. ޝާރުކް ހާންގެ އާއިލާ އަކީ ޕާކިސްތާނު ދަރިކޮޅު ބަޔަކަށް ވާއިރު އޭނާ އުފަންވެ ބޮޑުވެފައިވަނީ އިންޑިއާގެ ނިއުދިއްލީއަށެވެ. ޝާރުކް ހާން އުފަންވުމުގެ ކުރިން އޭނާގެ މަންމަ އާއި ބައްޕަ ވަނީ އިންޑިއާއަށް ދިރިއުޅުން ބަދަލު ކޮށްފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ނޫރު ޖަހަން އާއި އެ އާއިލާ ދޭތެރެ ދޭތެރެއިން އިންޑިއާއަށް ގޮސް ޝާރުކް ހާންގެ އާއިލާ އާއި ބައްދަލުކޮށް ގުޅުން ބަދަހި ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް