ގޯތަމް ރޯޑީ ކައިވެންޏަށް ތައްޔާރުވަނީ... ކައިވެނިކުރަނީ ކާކާކަން އިނގޭތަ؟

ގިނަ ޓީވީ ސީރީޒްތަކަކުން ފެނިގެންގޮސްފައިވާ އަދި ހަމައެހެންމެ ގިނަ އަންހެންކުދިންތަކެއްގެ ހިތްތަކުން ޖާގަހޯދާފައިވާ ގޯތަމް ރޯޑީ މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. 40 ވަނަ އުފަންދުވަސް މި...

09 Jun 2017 | 07:31

ގިނަ ޓީވީ ސީރީޒްތަކަކުން ފެނިގެންގޮސްފައިވާ އަދި ހަމައެހެންމެ ގިނަ އަންހެންކުދިންތަކެއްގެ ހިތްތަކުން ޖާގަހޯދާފައިވާ ގޯތަމް ރޯޑީ މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. 40 ވަނަ އުފަންދުވަސް މިއަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާ ގޯތަމް ކައިވެނިކުރުމަށް ތައްޔާރުވަމުންދަނީވެސް ޓީވީ ސީރީޒްތަކުން އާންމުންނަށް ފެނިފައިވާ މޫނަކާއެވެ. އެއީ މިހާރު ސްޓަރ ޕްލަސް އިން ދައްކަމުންއަންނަ " ކިޔާ ކަސޫރު ހޭ އާމްލާކާ" މިސީރީޒްގެ މެއިން އެކްޓްރެސް ޕަންކޫރީ އަވަސްތީ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިދެމީހުން ބައްދަލުވެފައިވަނީ 2015 ން 2016 އަށް ސޮނީއިން ދެއްކި ސޫރްޔާޕުތްރާ ކާރން ގެ ސެޓުންނެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުންފެށިގެން މިދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް މީޑިޔާއަށް ފެންމަތިވެފައިވީނަމަވެސް މިހާތަނަށް އެކަމާގުޅޭގޮތުން މިދެމީހުން އެއްވެސް އެއްޗެކޭ ބުނެފައި ނުވެއެވެ. ދެމީހުންނާ ގާތްގުޅުމެއް އޮންނަ ފަރާތަކުން މީޑިޔާއަށް މަޢުލޫމާތު ދީފައިވަނީ މިހާރު ކައިވެންޏަށް ތައްޔާރުވަމުން ދެމީހުންވެސް އަންނަކަމުގައެވެ. މީގެއިތުރުން ޕަންކޫރީ ވަނީ ދާދިފަހުން ގޯތަމް ދިރިއުޅޭ ގެޔާ ކައިރި އެޕާޓްމަންޓަކަށް ބަދަލުވެފައިކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.

މިކަމާގުޅޭގޮތުން މީޑިޔާއިން ސުވާލުކުރަމުން ގޯތަމްގެ ފަރާތުން އެއްވެސް ޖަވާބެއް އަދި ވަނީ ނުލިބިއެވެ. އެހެންނަމަވެސް ޕަންކޫރީ ވަނީ އެއީ ތެދެއް ނޫންކަމަށް ބުނެފައެވެ. ކައިވެންޏާ ގުޅޭ ވާހަކަތަކެއް އެހާ އަވަހަށް މީޑިޔާގައި ދައްކަން ބޭނުންނުވަނީ ކަމަށްވެސް ވެދާނެއެވެ. ކައިވެނި ކުރެވޭ ތާރީޚު ކަނޑައެޅި އެކަމަށް ރަސްމީކޮށް ތައްޔާރުވާން ފެށުމުން އެވާހަކަތައް ދެތަރިންގެ ފަރާތުން އަޑުއިވިގެންދާނެކަމަށް ބަލަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް