ގޭމް އޮފް ތްރޯންސް ސީޒަން ހަތެއްގެ އެޕިސޯޑުތަކުގެ ދިގުމިން އިޢުލާނުކޮށްފި

ގޭމް އޮފް ތްރޯންސް ސީޒަން ހަތެއްގައި ހިމެނޭ ހަތް އެޕިސޯޑުގެ ދިގުމިން އެޗްބީއޯއިން އިޢުލާނުކޮށްފި އެވެ. މި ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ދިގުމިންވަނީ މީގެ ކުރިން އިޢުލާނުކޮށްފަ އެވެ. ފުރަތަމަ އެޕިސޯޑުގެ...

09 Jun 2017 | 06:48

ގޭމް އޮފް ތްރޯންސް ސީޒަން ހަތެއްގައި ހިމެނޭ ހަތް އެޕިސޯޑުގެ ދިގުމިން އެޗްބީއޯއިން އިޢުލާނުކޮށްފި އެވެ.

މި ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ދިގުމިންވަނީ މީގެ ކުރިން އިޢުލާނުކޮށްފަ އެވެ. ފުރަތަމަ އެޕިސޯޑުގެ ދިގުމިނަކީ 59 މިނެޓެވެ.

އެޕިސޯޑު ދޭއްގެ ދިގުމިނަކީވެސް 59 މިނެޓެވެ. އަދި އެޕިސޯޑު ތިނެއްގެ ދިގުމިނަކީ 63 މިނެޓެވެ. މިއީ ފާއިތުވެދިޔަ ސީޒަންތަކުގެ ދެވަނަ އަދި ތިންވަނަ އެޕިސޯޑުތަކުގެ ދިގުމިނަށްވުރެ ގިނަ ވަގުތެވެ.

50 މިނެޓުގެ ދިގުމިނާއެކު އެޕިސޯޑު ހަތަރެއް ވެގެންދަނީ ގޭމް އޮފް ތްރޯންސްގައި މިހާތަނަށް ދައްކާ އެންމެ ކުރު އެޕިސޯޑަށެވެ.  އެހެންނަމަވެސް 59 މިނެޓާއެކު އެޕިސޯޑު ފަހެއް ވެގެންދަނީ ގޭމް އޮފް ތްރޯންސްގައި މިހާތަނަށް ދައްކާ އެންމެ ދިގު ފަސްވަނަ އެޕިސޯޑަށެވެ.

ސީޒަން ހަތެއްގެ އެޕިސޯޑު ހައެއް އަދި ހަތެއް ވެގެންދަނީ މިހާތަނަށް އެ ސިލްސިލާގައި ޕްރޮޑިއުސްކުރާ އެންމެ ދިގު ދެ އެޕިސޯޑަށެވެ. އެޕިސޯޑު ހައެއްގެ ދިގުމިނަކީ 71 މިނެޓެވެ. އަދި އެޕިސޯޑު ހަތެއްގެ ދިގުމިނަކީ 81 މިނެޓެވެ.

ގޭމް އޮފް ތްރޯންސްގެ މިހާތަނަށް ހަ ސީޒަނެއްގެ އެޕިސޯޑުތައް ދައްކާފައިވާއިރު އެންމެ ބޮޑު އެޕިސޯޑަކަށް ދައްކާފައިވަނީ 68 މިނެޓުގެ އެޕިސޯޑެކެވެ. އެއީ ސީޒަން ހައެއްގެ ފައިނަލް އެޕިސޯޑު "ދަ ވިންޑް އޮފް ވިންޓާރ" އެވެ.

ގޭމް އޮފް ތްރޯންސް ސީޒަން ހަތެއް ދައްކަން ފަށާނީ މި އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް