ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލާ ފާސްކޮށް ދެ ކިލޯގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަލާ ފާސްކޮށްފައިވަނީ މ. ސްނޯ ލިލީގެ ކަމަށެވެ. އެ ގެއިން ހައްޔަރު ކޮށްފައިވަނީ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ.
އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން މިރޭ ކ. މާފުށްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ކުރި 35 އަހަރުގެ ފިރިހެން މީހާގެ އަތުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 31 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް