ހުކުރު ދުވަހު މުޒާހަރާ ކުރާނީ އިށީނދެ ތިބެގެން، އެއީ ސުލްހަވެރި މުޒާހަރާއެއް!

ސަރުކާރުގެ "އަނިޔާވެރިކަމާ" ދެކޮޅަށް އަންނަ ހުކުރު ދުވަހު ބާއްވާ އިހްތިޖާޖު ކުރިއަށް ގެންދަން ނިންމާފައި ވަނީ މަޖީދީމަގުގައި އިށީނދެތިބެގެން ކަމަށް ގައުމީ ހަރަކާތުން މިއަދު ބުނެފި އެވެ. އިދިކޮޅު ޕާޓީތ...

09 Jun 2015 | 11:12

ސަރުކާރުގެ "އަނިޔާވެރިކަމާ" ދެކޮޅަށް އަންނަ ހުކުރު ދުވަހު ބާއްވާ އިހްތިޖާޖު ކުރިއަށް ގެންދަން ނިންމާފައި ވަނީ މަޖީދީމަގުގައި އިށީނދެތިބެގެން ކަމަށް ގައުމީ ހަރަކާތުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ގައުމީ ހަރަކާތުގެ ސްޓިއަރިން ކޮމެޓީން އަދާލަތު ޕާޓީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޕާޓީތަކުން ނިންމާފައިވާ ގޮތަށް އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރިއަށް ދާނެ ކަަމަށެވެ. މުޒާހަރާ ފަށަން ހަމަޖައްސާފައި ވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލްބީޗު، އެމްޑީޕީ ހަރުގެއާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެރޭގެ މުޒާހަރާގައިވެސް އަޑުއ ުފުލާނީ ސިޔާސީ ދައުވާ އުފުލާފައިވާ މީހުން ދޫކޮށްލައި ދައުވާ ކުރުން ހުއްޓާލުމަށް ކަމަށާއި މިފަހަރު މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމުން ފުލުހުން މުޒާހަރާއަށް ހުރަސް ނޭޅުމަށް އެދޭކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ނިމޭގޮތަކުން އަނެއްރޭވެސް މުޒާހަރާ ބާއްވަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް އަދި މިއަދުވެސް އެމްޑީޕީން ބުނީ އެ މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޑީޕީން ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު ވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. އަދި ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް ސަރުކާރުގެ އަނިޔާވެރިކަމުގެ އަސަރު ފޯރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމްގެ ތެރެއިން އިންސާފު އެއްގޮތަކަށް ވެސް ނުލިބޭކަން. މި ހުރިހާ ކަމަކާ ދެކޮޅަށް އަޅުގަނޑުމެން އަނެއްކާ ވެސް މި ނުކުންނަނީ އަނިޔާވެރިކަން ނިންމުމުގެ މަގްސަދުގައި،" އިބޫ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސް ވަނީ އެ އީ ސުލްހަވެރި މުޒާހަރާއެއްކަމުން މުޒާހަރާގައި ބައިވެރިވުމަށް ފަސްނުޖެހުމަށް އެދިވަޑައިގެންފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް