ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތްމަތު އިބްރާހިމް ހުޅުމާލޭ ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރައްވާ ހާލު ބައްލަވައިފި އެވެ.
ރައީސްގެ އަނބިކަނބަލުން ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު އެވެ.
މިޒިޔާރަތުގައި އެކަމަނާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ހާލު ބައްލަވައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. އަދި އެތަނުން ދެމުން ގެންދާ ހިދުމަތް އެންމެ ރަނގަޅަށް ބަލި މީހުންނަށް ލިބެމުންދޭތޯ ބައްލަވައި ހިދުމަތްތައް އިތުރަށް ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން އޮޅުން ފިލުއްވި އެވެ.
މެޑަމް ފާތުން ވަނީ މީގެ ކުރިން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންގެ ގާތަށްވެސް ޒިޔާރަތްކުރައްވާ ހާލު އަހުވާލު އޮޅުން ފިލުއްވާފަ އެވެ.
އަދި ރޯދައާއި ދިމާކޮށް މާލޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ގޭގެއަށާއި އެކަނިވެރި މައިންގެ ގޭގެއަށް ޒިޔާރަތް ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް