ޖުވާކުޅެން ތިބި ބިދޭސީންތަކެއް ހުޅުމާލެއިން ހައްޔަރުކޮށްފި

ހުޅުމާލޭގައި ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަ...

09 Jun 2015 | 09:00

ހުޅުމާލޭގައި ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ހަތަރު މީހުން ކަމަަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހު އެވެ.

އެ މީހުން ޖުވާކުޅެން ތިބި ތަން ބަލައި ފާސްކުރުމަށް ފަހު ޖުވާކުޅެން ބޭނުން ކުރާ ބައެއް އާލާތްތަކާއެކު 10،000 އަށްވުރެ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް