ޒަކާތު ފަންޑުން ކިޔަވާ ކުދިންނަށް އެހީ ދިނުން މެދުކަނޑާލައިފި

މިހާރު މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން މާލީ ގޮތުން ތަނަވަސްކަން ނެތް ދަރިވަރުންނަށް ޒަކާތު ފަންޑުގެ ދަށުން ދޫކުރަމުން އައި އެހީ މެދުކަނޑާލައިފި އެވެ. މިދިޔަ މާޗުމަހުގެ ތެރޭގަ...

09 Jun 2015 | 08:15

މިހާރު މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން މާލީ ގޮތުން ތަނަވަސްކަން ނެތް ދަރިވަރުންނަށް ޒަކާތު ފަންޑުގެ ދަށުން ދޫކުރަމުން އައި އެހީ މެދުކަނޑާލައިފި އެވެ.

މިދިޔަ މާޗުމަހުގެ ތެރޭގައި ހުޅުވާލި އެ ފުރުސަތުގައި ގިނަ ކުދިންތަކެއް އެހީއަށް އެދިފައި ވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހަމައެކަނި ފުދުންތެރިކަން ނެތް ކުދިންނަށް ދޭ މި އެހީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މެދުކަނޑާލަން ނިންމީ، އެ ފައިސާ ދޫކުރާ އުސޫލު އަލުން މުރާޖައާކުރުމަށް ކަމަށާއި އެކަން ނިންމުމަށް ފަހު ދެ ހަފުތާއެއްހާ ދުވަސް އަލުން ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ވެސް ގިނަ ކުދިންތަކެއް އެހީއަށް އެދިފައިވާ ކަމަށާއި އުސޫލު މުރާޖައާ ކުރުން ނިމުމާއެކު އެ ކުދިންނަށް ވެސް ފައިސާ ހަމަޖައްސައިދޭނެ ކަމަަށެވެ.

އެހީއަށް އެދުމަށް ވަކި ބަޖެޓެއް މިނިސްޓްރީން ކަނޑައަޅާފައިވާ ނުވާއިރު ދަރިވަރުންނަށް ދޫކުރާނެ ވަކި މިންވަރެއް ވެސް ނުނިންމަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަހަރުގެ ކޮންމެ އިރަކު ވެސް މި އެހީއަށް އެދެވިދާނެ އެވެ.

އެ މިނިސްޓްރީން ބުނީ އެހީދިނުމުގައި އެ ދަރިވަރަކަށް ނުވަތަ އޭނާގެ އާއިލާއަށް ލިބޭ އާމްދަނީ އާއި ދަރިވަރުގެ ހާލަތަށް ބަލާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް