ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީ ކުރަން އަންގައިފި

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އިކޮނޮމިކް މިނިސް...

09 Jun 2015 | 06:14

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓްގެ ސަރަހައްދުގައި ހިމެނޭ ތަންތަނުގައި ވިޔަފާރިކުރުމަށްޓަކައި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރޭޝަން ސެޓްފިކެޓް ބަލައިގަތުމުގެ ސެޝަނެއް ހޮނިހިރު ދުވަހު ބާއްވާނެ ކަމަށެވެ. އެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 03:00 އަށް އެ މިނިސްޓްރީގަ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ފޯމު ފުރިހަމަކޮށް އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމުން، ވިޔަފާރި ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމު ބަލައިގަނެ، ވަގުތުން ޕްރޮސެސްކުރުމަށްފަހު ސެޓްފިކެޓް ދޫކުރެވޭނެ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގާފަވާއިރު މާރުކޭޓުގައި ތިބި ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތައް ތިން މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް