ހަށިވިއްކަމުން ދަނިކޮށް ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މ. ވުޑްޕެކަރ ގައި ހަށިވިއްކުމުގެ އަމަލު ހިންގަމުންދަނިކޮށް ހައްޔަރުކުރި އެންމެންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައި ދީފި އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރުކުރި އަށް މީހުންގެ ބަންދ...

09 Jun 2015 | 06:13

މ. ވުޑްޕެކަރ ގައި ހަށިވިއްކުމުގެ އަމަލު ހިންގަމުންދަނިކޮށް ހައްޔަރުކުރި އެންމެންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައި ދީފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރުކުރި އަށް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދިނީ އިއްޔެ ކަމަށެވެ. ވުޑްޕެކަރއިން ހައްޔަރުކޮށްފައިވަނީ ބިދޭސީ ތިން އަންހެނުންނާއި ބިދޭސީ ހަތަރު ފިރިހެނުންގެ އިތުރުން ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މ. ވުޑްޕެކަރގައި ހަށި ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު އަތުލައިގަތުމަށްފަހު އެގޭގެ ހަތަރު ކޮޓަރިއެއް ފުލުހުން ބަލާ ފާސްކުރި ކަމަށެވެ.

ފުލުހުން ބަލައި ފާސްކުރި ކޮޓަރިތަކުން ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާ ފެނިފައިވާ ކަމަށެވެ. އަދި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ ބޭހާއި އެހެނިހެން އާލާތްތައްވެސް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް