އިސްލާހު ކުރާ ރޯދަ އިނާޔަތް މިއަހަރު އަމިއްލަ ކުންފުނިތަކުން ދޭން ނުޖެހޭގޮތަށް ކޮމިޓީން ނިންމައިފި

ރޯދަ އިނާޔަތް ހަމަހަމަ ކޮށް ދިނުމުގެ ގާނޫނަށް އަމިއްލަ ކުންފުނިތަކުން އަމަލު ކުރުން އެއް އަހަރަށް ފަސްކުރެވޭގޮތަށް ވަޒީފާއާއި ބެހޭ ގާނޫނުގެ އިސްލާހް ކޮމެޓީން ފާސްކޮށްފި އެވެ. ހަމަހަމަ އުސޫލަކުން ރޯދަ ...

09 Jun 2015 | 05:57

ރޯދަ އިނާޔަތް ހަމަހަމަ ކޮށް ދިނުމުގެ ގާނޫނަށް އަމިއްލަ ކުންފުނިތަކުން އަމަލު ކުރުން އެއް އަހަރަށް ފަސްކުރެވޭގޮތަށް ވަޒީފާއާއި ބެހޭ ގާނޫނުގެ އިސްލާހް ކޮމެޓީން ފާސްކޮށްފި އެވެ.

ހަމަހަމަ އުސޫލަކުން ރޯދަ އިނާޔަތް ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލުގެ އިސްލާހް އިޖުތިމާއީ ކޮމިޓީން ރޭ ފާސްކޮށް ތަޅުމަށް ފޮނުވާފައިވާއިރު ކޮންމެ ދިވެހި މުވައްޒަފަކަށް 3000 ރުފިޔާ ދޭންޖެހެ އެވެ. އަދި ބިދޭސީން މުވައްޒަފުންނަށް އެ އިނާޔަތް ދިނުމަކީ އިހްތިޔާރީ ކަމަށް ވަނީ ހަދާފަ އެވެ.

ކޮމިޓީން ނިންމާފައިވަނީ އަމިއްލަ ކުންފުނިތަކުން އެއަށް އަމަލުކުރަން ޖެހޭނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހިޖުރީގޮތުން އެއް އަހަރު ފަހުން ކަމަށެވެ. ކޮމިޓީން ނިންމާފައިވާ މިގޮތް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ މިރޯދަ މަހު އަމިއްލަ ކުންފުނިތަކުން އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ އެމީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.

އެންމެ މަދުން ރޯދަ އިނާޔަތުގެ ގޮތުގައި 2000 ރުފިޔާ ދޭންޖެހޭއިރު އެންމެ ގިނަވެގެން ދެވޭނީ 10،000 ރުފިޔާކަމަށް ބުނެފައި ވެއެވެ.

އިޖުތިމާއީ ކޮމިޓީން އެގޮތަށް ފާސްކުރީ ކޮމިޓީއަށް އެ ވަގުތު ހާޒިރުވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އިއްޔެ މަޖިލީހަށް ފޮނުއްވި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ މަޖިލީހުން ބިލް ފާސްކޮށްފި ނަމަ ރޯދަމަސް ފެށެން މިއޮތް ކުޑަ ދުވަސް ކޮޅުގެ ތެރޭގައިވެސް ސަރުކާރު މުވައްޒަފުންނަށް މަޖިލީހުން ފާސްކުރާގޮތަށް ހަމަހަމަކޮށް ރޯދަ އެލަވަންސް ދޫކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް