ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތިީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކު ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި އެގޭ ފާހާނާގައި ހުރި ލޯވަޅަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހޯދައިފި އެވެ.
މި މައްސަލައާއި ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމީހާ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ ހަތް ވަނަ ދުވަހު ހަވީރު ކަމަށެވެ.
މި މައްސަލާގައި ހައްޔަރު މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައި ދީފައެވެ.
މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް