ބޮނަކުއާ ފުޅީގައި ބަންދުކޮށްފައިހުރި ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެމީހަކު ހައްޔަރު

ބޮނަކުއާ ފުޅިތަކެއްގައި ބަންދުކޮށްފައިހުރި ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހަކު ކަމުގައިވާ، އުމުރުން 27 47 އަހަރުގެ ރާޖަގޯޕާ...

09 May 2025 | 05:44

ބޮނަކުއާ ފުޅިތަކެއްގައި ބަންދުކޮށްފައިހުރި ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހަކު ކަމުގައިވާ، އުމުރުން 27 47 އަހަރުގެ ރާޖަގޯޕާލް ސެލްވަގަނަޕަތީ އާއި އުމުރުން 27 އަހަރުގެ ތަލަޕަތީ ޕުގަޒެންދީއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ މިދިލިމަގުން ދުއްވާފައިދިޔަ ބަހެއް ހުއްޓުވައި ބަލާ ފާސްކުރުމަށްފަހުގައި ކަމަށެވެ.

އެ ބަހުން 500 މިލިލީޓަރުގެ 40 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް