ތެލެސީމިއާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ރޭ ސޯސަލް ސެންޓަރގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނެވެ.
އެ ރަސްމިއްޔާތުގައި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޙާއްސަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ދެ ފަރާތަކަށް އަދި ތެލްސީމިއާ ޚިދުމަތް ފުޅާކުރުމަށް ޙާއްސަ މަސައްކަތްތަކެއް ކޮށްދެއްވި 3 ފަރާތަކަށް ހަދާނީ ފިލާ ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒެވެ. އެގޮތުން 20 އަހަރަށް ވުރެން ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަ ފަރާތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ހަވާލުކޮށްދެއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައިވަނީ، ތެލްސީމިއާ ދުވަހާއި ގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަންއަކާއި، ތެލްސީމިއާ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ވީޑިޔޯ ރިޕޯޓެއް ވަނީ ހުށަހަޅާފައެވެ.
މި ސަރުކާރުން ތެލްސީމިއާ ދުވަހުގެ ޝިޔާރަކީ، ތެލްސީމިޔާއާއި އެކު އުޅޭ މީހުން ބާރުވެރިކުރުމާއި، ތެލްސީމިއާ ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަ ހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.
ތެލްސީމިއާ ކުދިންނަށް މި ސަރުކާރުގައި ހާއްސަ އިސްކަމެއް ދީ، އެކުދިންނަށް ހާއްސަކޮށް ހޮސްޕިޓަލެއް ބިނާ ކުރުމުގެ މަސައްކަތްތައް މިހާރުވަނީ މި ސަރުކާރުން ފައްޓަވާފައެވެ. އަދި އޭގެ އިތުރުން މި ސަރުކާރުން މިހާރު ވަނީ ބޯން މެރޯގެ ޙިދުމަތްތައް ދޭންވެސް ފައްޓަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް