މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ 20 ދަރިވަރަކަށް މޮރޮކޯއިން ސްކޮލަޝިޕްއަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން ބެޗްލަރސް ޑިގްރީ ، މާސްޓަރސް ޑިގްރީ، ޕީ.އެޗް.ޑީ ގެ ސްކޮލާޝިޕްއަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ބުނީ މޮރޮކޯގެ ޔުނިވާސިޓީ ތަކާއި އެ ޔުނިވާސިޓީގެ ކޯސްތަކުގެ މައުލޫމާތު
https://www/amci.ma/publications
މި ވެބްސައިޓްއިން ލިބެން ހުންނާނެ ކަމަށެވެ.
ކޯހަށް ހުށަހެޅޭ ޝަރުތުތަކަކީ، އެ މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުރިވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުން ދާ ފަރާތެއް ކަމުގައިވާ ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. ސްކޮލާޝިޕްއަށް އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުމާއި، އަދި ސްކޮލާޝިޕްއަށް އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން ކަމަށް ސްކޮލާޝިޕްގެ ޝަރުތުތަކުގައި ވެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ވަނީ ހިލޭ ހަމަޖެހިފައި ކަމަށާއި އަދި އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ރަޖިސްޓްރޭޝަން ފީ އާއި ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަން ޖެހޭނީ އަމިއްލައަށްކަން ފާހަގަކޮށްފައިވެއެވެ.
މި ސްކޮލާޝިޕްއާއި ގުޅޭ އިތުރު މައުލޫމާތު
މި ވެބްސައިޓުން ލިބެން ހުންނާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ސްކޮލާޝިޕްއަށް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިންނެވެ.
ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/289213
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް