އަތްތެރި މަސައްކަތް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ލާމު އަތޮޅު ކައުންސިލުން ތައްޔާރުވަނީ

އަތްތެރި މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމެއް ބޭއްވުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ. އެ ކައުންސިލާއި ގުޅިގެން 7 ދުވަހުގެ މުއްދަތަކަށް އަތްތެރި މަސައްކަތް ދަސަކޮށްދޭ ޓްރެއ...

09 May 2024 | 07:29

އަތްތެރި މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމެއް ބޭއްވުމަށް ހައްދުންމަތީ އަތޮޅު ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.

އެ ކައުންސިލާއި ގުޅިގެން 7 ދުވަހުގެ މުއްދަތަކަށް އަތްތެރި މަސައްކަތް ދަސަކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ލ އަތޮޅު ކައުންސިލުން ވަނީ މިއަދު އިއުލާނެއް ކޮށްފައެވެ.

އެގޮތުން މި ޕްރޮގްރާމް ބޭއްވުމަށް ޕްރޮޕޯސަލް އެ އިދާރާއަށް މި މަހު 19 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދި ލައްވާފައެވެ.

ލ އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި ގިނަވެގެން ބައިވެރިކުރާނީ ގިނަވެގެން 25 ބައިވެރިންނަށް ކަމަށެވެ. އަދި މަދުވެގެން 15 ބައިވެރިންނެވެ.

ލ.ފޮނަދޫގައި ބޭއްވުމަށް ހަމަޖެހިފައި މިވާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން ނިންމާފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގްރާމް ހޯސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރުއްދުންނާއި، ކުލަބު ޖަމިއަޔާއިން އަދި އަމިއްލަ ވިޔަފާރީ ނުވަތަ ކުންފުނިތަކުންވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ކައުންސިލުންވަނީ ހުޅުވާލާފައެވެ.

އެގޮތުން ވަކި ފަރުދަކު ޕްރޮޕޯސަލް ހުށަހަޅާނަމަ އެ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. ކުލަބު ޖަމިއްޔާތަކުން ހުށަހަޅާ ނަމަ އެ ޖަމިއްޔާއަކީ މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމެންޓް އިންފޮރމޭޝަން އެންޑް އާޓްސަގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމިއްޔާއެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. އަދި އަމިއްލަ ވިޔަފާރީ ނުވަތަ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅާއިރު، ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީއަކާއި ވިޔަފާރީގެ ވެރި ފަރާތުގެ މުއްދަތު ހަމަ ނުވާ އައިޑީ ކާޑުގެ ދެފުއް ހުށަހަޅަން ޖެހޭނެ ކަމުގައި އެ ކައުންސިލުން ވަނީ އަންގާފައެވެ.

މި ޕްރޮޕޯސަލްއަށް ޕޮއިންޓު ދިނުމުގައި އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 80 ޕޮއިންޓު ލިބިގެންދާނެއެވެ. ދެން ހުށަހަޅާ އަގުތަކަށް އެ އަގުތަކުގެ އިންސަތައިން އެ ފަރާތަކުން ހުށަހަޅާފައިވާ އަގުތަކަށް ޕޮއިންޓު ލިބޭނެއެވެ. މީގެ އިތުރުން ތަޖުރިބާއަށް 20 ޕޮއިންޓު ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ ކައުންސިލުން ބުނެފައިވަނީ ޕްރޮޕޯސަލް ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރަ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލިޔެފައި ކަމަށެވެ.

މި ކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދެއްވުމަށް އެ ކައުންސިލް އިދާރާގެ ނަމްބަރ 6800673 އަށް ގުޅުއްވާ ސާފު ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދި ލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް