އަންހެނުން ކުރިއަރުވަން މަސައްކަތް ކުރެއްވީ ހަމައެކަނި ރައީސް ސޯލިހު : ރޮޒައިނާ

އަންހެނުން ކުރި އެރުވުމަށް މަސައްކަތް ކުރެއްވީ ހަމަ އެކަނި ވެރިއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމުގައި  ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒައިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާ...

09 May 2024 | 07:13

އަންހެނުން ކުރި އެރުވުމަށް މަސައްކަތް ކުރެއްވީ ހަމަ އެކަނި ވެރިއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމުގައި  ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަންހެނުން ބާރުވެރިކުރުވާށޭ ކިޔައިގެން ހުރިހާ ޕާޓީއަކުންވެސް ދައްކަނީ ފޮނި ވާހަކަ ކަމަށެވެ. އަދި ސަރުކާރު ތަކުން އދގެ މުއާހަދާ ތަކުގައި އަންހެނުން ކުރި އަރުވާށޭ ބުނެ ސޮއެ ކުރަނީ ކަން ދައްކަން ކަމަށް އައްޑޫ މީދޫ ދާއިރާގެ އިންތިހާބީ މެމްބަރ ރޮޒައިނާވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރޮޒައިނާ ވިދާޅުވެފައިވަނީ ކަމެއް ކުރަން ޖެހުނީމަ އޮންނަނީ ބަހަނާ ދެއްކުމާއި، އެއްވެސް ބަޔަކު އެ ކަންކަމެއް ކުރަން ބޭނުން ނުވާކަމަށެވެ.

ރޮޒައިނާގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް އިބޫ ސޯލިހު ކޮށްދެއްވި ވަރު ވީ އެއްވެސް ވެރިއަކު ނާންނަ ކަމަށާއި ދެން ދާނީ ހަމަ ފަހަތަށް ކަން މިއަދު ވަރަށް ސާފު ވެއްޖެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް