މާލެ އަދި ވިލިމާލެ އަދި ހުޅުމާލޭގައި އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ވާންޖެހޭ ތައްޔާރީތައް އިސްލާމިކް މިނިސްޓްރީން ވާން ފަށައިފިއެވެ.
އެގޮތުން ބޮޑު ޖަމާއަތުގެ ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން މިއަދު އިއުލާނުކޮށްފައިވެއެވެ.
އެ އިއުލާނުގައިވާ މަޢުލޫމާތު ޝީޓުތަކަށް ބަލައިލާއިރު އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މާލޭގައި ޢީދު ނަމާދު ކުރުމަށް ނިންމާފައިވަނީ މާލޭ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. ވިލިމާލޭގައި ފުޓްބޯޅަ ދަނޑު ސަރަހައްދުގައެވެ.
ހުޅުމާލެއަށް ބަލައިލާއިރު ޢީދު ނަމާދު ކުރަން ނިންމާފައިވަނީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ. އަދި ފޭސް ދޭއްގައި ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް