ދިވެހި މަސްވެރިންގެ ޓީމެއް ތަމްރީނު ހޯދުމުގެ ދަތުރެއްގައި ޖަޕާނަށް ފުރައިފިއެވެ.
މިކަން ހާމަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާއި ގުޅިގެން މަސްވެރިކަން ޖަޕާން އިންޓަރ ނެޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ ) އާއި ގުޅިގެން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ "ދަޕްރޮޖެކްޓް ފޮރ ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ"ގެ ދަށުން ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރާފައިވާ ކަމަށެވެ.
އަދި މި ދަތުރުގައި ދިވެހި މަސްވެރިން 20 ދުވަސް ޖަޕާނުގައި ހޭދަކުރުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
މި ޕްރޮޖެކްޓަކީ ދިވެހި މަސްވެރިން ދޮށީގައި އަދި އަތު ނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅު ކުރުމަށާއި، އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށާއި އަދި ރަށު ފެންވަރުގައި މަހުގެ އުފެއްދުންތައް އުފައްދަމުންދާ ފަރާތްތައް ކުރަމުންދާ މަސައްކަތް އިތުރަށް ތަރައްޤީ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް 2022 ވަނަ އަހަރު ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ދޮށީގެ މަސްވެރިކަން ކުރުމުގައި އެން މަރުވާ ނިސްބަތް މަދުކުރުމަށް އެންވަތުގެ ފަރުމާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އަދި އަތުނަނުގައި މަސްވެރިކަމުގައި ބާނާ ބޮޑު ކަންނެލީގެ ކޮލިޓީ ރަނގަޅު ކޮށް ކަންނެލި ރިޖެކްޓު ވާ މިންވަރު މަދުކުރުމަށް ޖަޕާނުގެ މަސްވެރިން ބޭނުންކުރަމުންދާ އުކުޅުތައް ފެނި އެ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނި އެ މަސައްކަތް ރާއްޖޭގެ ހުރިހާ އުޅަނދެއްގައި ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހި މަސްވެރިން ޖަޕާނަށް ކުރަމުންދާ ދަތުރަކީ މި ޕްރޮޖެކްޓުގެ ދަށުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ޖަޕާނުގެ މަސްވެރިން އެ މަސައްކަތްތައް ކުރަމުންދާ ގޮތްބަލައި އަޖުމަ ބެލުމަށް ކުރާ ދަތުރެއް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން މި ދަތުރުގައި ބައިވެރިވާ ދިވެހި މަސްވެރިން ޖަޕާނުގެ މަސްވެރިން ދޯނީގައި އެން ގެންގުޅޭގޮތާއި އަދި ބޮޑު ކަންނެލީގެ ކޮލިޓީ ދަމަހައްޓާ އުކުޅުތަކާއި، މަސްވިއްކުމުގައި ޖަޕާނުގައި އަމަލު ކުރަމުންދާ ގޮތްތަކާއި މަސްވެރިކަން މެނޭޖު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ދަތުރުގައި ފިޝަރީޒް މިނިސްޓްރީ އާއި އަމަލީ ގޮތުން ބައިވެރިވަމުންދާ، ގދ.މަޑަވެލި "ކަމަނަ ދޯނި" އދ. މަހިބަދޫ އަސުރުމާ 2 އަދި އަސަރީ ދޯނި، ޒޫމް ފިޝާ އަދި ބ. ތުޅާދޫ ހައިޝަމް ދޯނީގެ ފަރާތުން 6 މަސްވެރިން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް