ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
އެކުންފުންޏާއި މި މަޝްރޫއު ހަވާލު ކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ގާދިއްފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެ އެވެ. އަދި 15 މީޓަރުގެ ހުރަސް ތޮއްޓެއް ހަދާ މިހާރު ވަނީ ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން 500 މީޓަރުގެ ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ.
ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ 19.13 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް