އަވައްޓެރި ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު ހަތް އަހަރަށް ޖަލަށް ލުމަށް ކޮލަމްބޯ ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
ލަންކާ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ ހައްޔަރު ކުރީ2018 ވަނަ އަހަރު އެވެ. އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ފެނުނީ އެ ދިވެހި މީހާ އުޅުނު އެޕާޓްމެންޓު ބަލާ ފާސް ކުރުމުގެ ތެރޭގައި އެވެ.
އެ މައްސަލައިގަ ދެ ދިވެހިން ހައްޔަރު ކުރި ނަމަވެސް މި ހުކުމް ކޮށްފައިވަނީ އެންމެ މީހަކަށެވެ. އޭރު އެ ދެމީހުންގެ އުމުރަކީ19 އަހަރާއި25 އަހަރެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޒިދާން އިބްރާހިމް ކިޔާ އެ ދިވެހި މީހާ އަތުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޕާޓީ ޑްރަގުގެ 1925 ގުޅައެވެ. އޭގެ އަގު10 މިލިއަން ލަންކާ ރުޕީސްއަށް އަރައެވެ.
އެމީހުން ހައްޔަރު ކުރީ އެތަކެތި ލަންކާއަށް އެތެރެކޮށް ވިއްކުމުގެ ތުހުމަތުގައި އެވެ. އެމީހުން އެތަކެތި އެތެރެ ކުރި ކަމަށްވަނީ ޕޯސްޓު މެދުވެރިކޮށް ނެދަލޭންޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް