ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުހައްމަދު އަދި ސިވިލް ކޯޓުގެ ގާޒީ ކަމަށް ނިމާލް ޖުނައިދު އައްޔަން ކޮށްފި އެވެ.
އެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ޖޭއެސްސީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައި އެވެ.
މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދައިރާގެ މެމްބަރު ހިސާން ހުސައިން އެވެ.
ކްރިމިނަލް ކޯޓަށް އިސް ގާޒީއަކު އައްޔަން ކޮށްފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. ސިވިލް ކޯޓުގެ މަގާމު ހުސްވީ ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް