ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސޮފާ އައްޔަން ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ދ. މީދޫ، ބިއްލޫރިވިލާ ސޮފާ ޝަފީޤު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޞަފާ މި މަގާމަށް ޢަ...

09 May 2023 | 08:08

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ދ. މީދޫ، ބިއްލޫރިވިލާ ސޮފާ ޝަފީޤު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޞަފާ މި މަގާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސޮފާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ ހައްދަވާފައިވާ ކަނބަލެކެވެ. އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވެ އެވެ.

ޞަފާ އަކީ 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގައި މަސައްކަތް ކުރަމުން އަންނަ ކަނބަލެކެވެ. އެންމެ ފަހުން އޭނާ ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް