ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސާބިއާއަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގައި ސާބިއާގެ ޚާރިޖީ ވަޒީރު އިވިކާ ޑަޗިޗްއާއެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުގެ ސަބަބުން ރާއްޖެ އާއި ސާރބިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ޓްރޭޑް އިންވެސްޓްމަންޓް، އިކޮނޮމިކް ކޯޕަރޭޝަންގެ އެއްބަސްވުމަކާއި، އެއާ ސާވިސަސް އެއްބަސްވުމެއް އަދި ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ އެއްބަސްވުމެއްގެ އިތުރުން ކުޅިވަރުގެ ދާއިރާއިގެ އެއްބަސްވުމެއް ހިމެނެއެވެ.
https://twitter.com/abdulla_shahid/status/1655608087821320193
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް