ޗާގޮސް އަކީ ރާއްޖެއަށް ލިބެން ޖެހޭ ބޮޑު ސަރަހައްދެއްގެ އިތުރުން މުއްސަނދި ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޮސް ނުވަތަ ފޯޅަވަހީގެ މައްސަލައިގެ ނިންމުންތައް މި ނިމުނީ ހަމައެކަނިގެ ސިޓީގެ ސަބަބުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސިޓީ ފޮނުވޭނެ ޤާނޫނީ ޙައިޞިއްޔަތެއް ރައީސް ސޯލިހުގެ ނެތް ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ މުޅި ފޯޅަވަހީގެ ސިޔާދަތަށް ދިވެހީން ދަޢުވާކުރަންޖެހޭ ކަމަށެވެ. އަދި އެންމެ ޙައްޤުކަން ބޮޑީ ދިވެހިންނަށް ކަމަށްވެސް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެއީ ޤައުށް ލިބެންޖެހޭ ބޮޑު ސަރަޙައްދެއްގެ އިތުރުން މުއްސަނދިކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް