ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފުވައްމުލައް ގޮފިން ބަލައިގަންނަން ފަށައިފި އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މީގެ ކުރިން ފުވައްމުލަކުގައި ތަޙުޤީޤުކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ އެ އޮފީހުގެ އައްޑޫ ގޮފިން ކަމަށެވެ.
އެކަމަކު ފުވައްމުލަކު ސިޓީއަކަށް ބަދަލުވުމާއެކު އެ އޮފީހުގެ އަމާޒަކަށްވީ ޕީޖީގެ މުވައްޒަފުން އެ ސިޓީގައި ޤާއިމުވެތިބެ ތަހުގީގީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަމަށް ބުންޏެވެ. އެ މަސައްކަތުގެ ދަށުން މިދިޔަ އަހަރުން ފެށިގެން ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ވާނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވެގެންދާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އަމާޒަކީ ޕީޖީ އޮފީހުގެ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަޙުޤީޤީ އިދާރާތަކަށް ފޯރުކޮށްދިނުމެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް