ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖެއަށް ހުޅަނގު މޫސުން ފެށިއްޖެ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑުން އިއްޔެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގ...

09 May 2022 | 18:19

ރާއްޖެއަށް ހުޅަނގު މޫސުން ފެށިއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑުން އިއްޔެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. މެޓުން ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް އެ އިދާރާއިން ބަލަނީ، ކޮންމެ އަހަރެއްގެ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވާރޭ ވެހޭ މިންވަރާއި އަދި ވައި ހުންނަ ބާރުމިނަށް ބަލައިގެންނެވެ. އާންމު ގޮތެއްގައި، ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުން ފެށެނީ ރާއްޖޭގެ ދެކުނުން ކަމަށް މެޓުން މައުލޫމާތުދެ އެވެ.

މޫސުން ބަދަލުވާ ގޮތާއި ގުޅޭގޮތުން މެޓުން ބުނީ ފުރަތަމަ ދެކުނަށް ހުޅަނގު މޫސުން ފެށޭއިރު އެ މޫސުމުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް