އެއް އާއިލާއެއްގެ ހަ ކުދިންނާއި ބެހުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓުން ދޫކޮށްލައިފި

އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރުތުތަކަކާއި އެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މާޗު މަހު އެވެ. މި މަ...

09 May 2022 | 15:43

އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ޝަރުތުތަކަކާއި އެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މާޗު މަހު އެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި55 އަހަރުގެ މީހާ އަކީ އެ ކުދިންނާއި އިތުބާރު ހުރި މަގާމެއްގައި ހުރި މީހެކެވެ.

މި މައްސަލައިގަ އެމީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. އަދި 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.

ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދުގެ މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށެވެ.

ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި، ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ވެސް ފާހަގަކޮށްފައިވާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް