ކޯވިޑް އަދަދުތައް އެއް ވަރެއްގައި ހިފެހެއްޓިފައި، މިދިޔަ ހަފްތާގައި ޕޮސިޓިވްވީ 312 މީހުން

ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ 312 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައ...

09 May 2022 | 13:55

ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ 312 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި މިއަދު އާންމު ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ކޯވިޑް ޖެހިފައިވާ މީހުންނާއި އިތުރު ތަފްސީލްތަކެވެ.

އެ މައުލޫމާތުތަކުގައި ވާގޮތުން އެ މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހުނީ 43 މީހުންނަށެވެ. އަތޮޅުތެރެއިން ބަލި ޖެހިފައިވަނީ 222 މީހުންނަށެވެ.

ސިނާއީ ރަށްތަކާއި ރިސޯޓުތަކުން ބަލި ޖެހިފައިވަނީ 47 މީހުންނަށެވެ.

ބަލީގައި މިދިޔަ ހަފްތާގައިވެސް މީހަކު މަރުވެފައެއް ނުވެ އެވެ. މިހާތަނަށް ކޯވިޑްގައި މަރުވެފައިވާ ޖުމްލަ އަކީ298ކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނީ 179،483 މީހުންނަށެވެ.

ރާއްޖޭގެ ކޯވިޑް އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް ނިންމައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރު ފަހުން އުވާލީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ކޯވިޑާއި ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް އުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް