ކޮވިޑުގެ ހާލަތު ރާއްޖޭގައި މިހާރު ރަނގަޅުވެ އާއްމު ދިިރިއުޅުމަށް އެންމެން ރުޖޫއަވެފައިވީނަމަވެސް ކޮވިޑާ ގުޅުވައި މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑަކުޓަރު، ޑރ. އަހްމަދު ފައިސަލް އިލްތިމާސެއް ކުރައްވައިފިއެވެ.
އެގޮތުން ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުމާއެކު ފިޓުޖެހިގެން އައި ކުޑަކުއްޖަކު ޓެސްޓް ކޮށްލިއިރުވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.
"ކޮވިޑު އަދިވެސް އެބަ އުޅޭ، އަވަހަށް ދާނެހެންވެސް ހީނުވޭ، އެކުދިންނަށް ބަލާލައިގެން ގެންގުޅޭތި" ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.
ގާތްގަނޑަކަށް ތިން އަހަރު ކޮވިޑުގެ ދަތި ހާލަތެއްގައި ދިވެހިން އުޅުމަށްފަހު ނިމިދިޔަ ރޯދަމަހަށްކަހަލަ ގޮތަކަށް ދިވެހިން ވަނީ އާއްމު ހާލަތަށް ރުޖޫއަވެފައެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުން އަންނަނީ އަދިވެސް ކޮވިޑާ ހަނގުރާމަ ކުރަމުންނެވެ.
https://twitter.com/faisalnaifaru/status/1523578919911591936?s=21
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް