އާންމުންގެ މެދުގައި ތަޅާފޮޅުން ހިނގާ، ލަންކާގެ މަސްރަހު އިތުރަށް ގޯސްވެއްޖެ

އިގްތިސާދީ ހާލަތު ގޯސްވެ، ސިޔާސީ ހާލަތާއި އާއްމު ހާލަތުވެސް އިންތިހާއަށް ގޯސްވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ސްރީލަންކާގެ މަސްރަހު މިއަދު އިތުރަށް ގޯސްވެ މުއްދަތެއް ނެތްގޮތަށް ކާފިއު ...

09 May 2022 | 10:12

އިގްތިސާދީ ހާލަތު ގޯސްވެ، ސިޔާސީ ހާލަތާއި އާއްމު ހާލަތުވެސް އިންތިހާއަށް ގޯސްވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ސްރީލަންކާގެ މަސްރަހު މިއަދު އިތުރަށް ގޯސްވެ މުއްދަތެއް ނެތްގޮތަށް ކާފިއު އިއުލާނުކޮށްފިއެވެ.

މިއަދު މަސްރަހު އިތުރަށް ގޯސްވީ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ގައުމާ މުހާތަބުކޮށް ވާހަކަދެއްކިތާ މާ ގިނައިރެއްނުވެ ރާޖަޕަކްސަ އާއިލާއަށް ތާއީދުކުރާ ސަޕޯޓަރުން، މަގުތަކަށް ނިކުމެ، ރާޖަޕަކްސަ އާއިލާއާ ދެކޮޅަށް އަދި ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ގޮވާލައި މުޒާހަރާކުރަމުންދިޔަ ބައިވެރިންގެ ގަޔަށް އަރައިގަނެ ހަމަލާ ދޭން ފެށުމުންނެވެ.  ރާޖަޕަކްސަގެ ސަޕޯޓަރުން އަރައިގަތީ މުޒާހަރާ ކުރަމުންދިޔަ އެއް ސައިޓަށެވެ. އެ ސަރަހައްދަށް ވަދެގަނެ އަތު ޖެހުނު އެއްޗަކުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވެއެވެ.

މަސްރަހު އިތުރަށް ގޯސްވުުމުން ސަރުކާރުންވަނީ ވަކި މުއްދަތެއް ނެތި ކާފިއު އިއުލާނުކޮށްފައެވެ. އަދި މަސްރަހު ކޮންޓްރޯލު ކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންވެސް މަގުތަކަށް ނެރެފައެވެ. ސަޕޯޓަރުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތައް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަވެސް ވަނީ މިހާރު ކުށްވެރިކުރައްވާފައެވެ.

https://www.youtube.com/watch?v=4fClo8ppqvw

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް