ޓްރީ ޓޮޕް ހޮސްޕިޓަލުން ސުމޯކިންގް ސެސޭޝަން ކްލިނިކުގެ ހިދުމަތް ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ސުމޯކިންގް ސެސޭޝަން ކްލިނިކުގެ ހިދުމަތް ދޭން ފަށައިފިއެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަ ކްލިނިކެކެވެ.ސުމޯކިންގެ ސެސޭޝަން އަކީ ދުންފަ...

09 May 2022 | 08:12

ޓްރީ ޓޮޕް ހޮސްޕިޓަލުން ސުމޯކިންގް ސެސޭޝަން ކްލިނިކުގެ ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހާއްސަ ކްލިނިކެކެވެ.ސުމޯކިންގެ ސެސޭޝަން އަކީ ދުންފަތް އިސްތިއުމާލުކުރާ މީހުން ދުންފަތް ބޭނުންކުރުން ހުއްޓާލުމަށް ދެވޭ ފަރުވާއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ކްލިނިކުގެ މަގްސަދަކީ ފަރުވާ އަދި ކައުންސިލިންގ ސެޝަން މެދުވެރިކޮށް ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަށް ދުންފަތުގެ ސަބަބުން ފަސޭހަކުރެވެން ނެތް ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށާއި ކުރިޔާލާ ރައްކާތެރިވުމަށް އެހީވެދިނުމަށެވެ.

މި ކްލިނިކުން ފޯރުކޮށްދޭ ފަރުވާތަކުގެ ތެރޭގައި ކައުންސިލިންގ، ބިހެއިވިއޮރަލް ތެރަޕީ، ނިކޮޓީން ޕެޗް، ގަމް، ލޮޒެންޖަޒް، އިންހޭލަރސް އަދި ނޭސަލް ސްޕްރޭ ފަރުވާދިނުމަށް ބޭނުންކުރެވިގެންދާނެއެވެ.ޓްރީ ޓޮޕް ހޮސްޕިޓަލްގައް ސުމޯކިންގް ސެސޭޝަން ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ ޑރ. ރަގުލާން ރާޖާލިންގަމްއެވެ.ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރައްވުރެ ގިނައިން ހިދުމައްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސަރޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރގެ މަގާމް އަދާކުރައްވާ ބޭފުޅެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް