ހިޖާމާޔަށް ފާޑުކިޔާ އަންހެނުންގެ ހާއްސަ ޑަކްޓަރުންގެ ޑިމާންޑް ދަށްކޮށްލާނަން، ނޫނީ މަގޭ ނަމަކަށް ފަޒީލާއެއް ނުކިޔާނެ!

ހިޖާމާއަށް ފާޑުކިޔާ އަންހެނުންގެ ހާއްސަ ޑޮކްޓަރުން ބަލި ކޮށް އެމީހުންގެ ޑިމާންޑް ދައްކޮށްލާނެ ކަމަށް ރާއްޖޭގެ  މަޝްހޫރު ހިޖާމާގެ ހިދުމަތްދޭ "ފަޒީސް ހިޖާމާ ތެރަޕީ"ގެ  ވެރިޔާ ފަޒީލާ އުސްމާނު ވިދާޅުވެއްޖ...

09 May 2022 | 06:43

ހިޖާމާއަށް ފާޑުކިޔާ އަންހެނުންގެ ހާއްސަ ޑޮކްޓަރުން ބަލި ކޮށް އެމީހުންގެ ޑިމާންޑް ދައްކޮށްލާނެ ކަމަށް ރާއްޖޭގެ  މަޝްހޫރު ހިޖާމާގެ ހިދުމަތްދޭ "ފަޒީސް ހިޖާމާ ތެރަޕީ"ގެ  ވެރިޔާ ފަޒީލާ އުސްމާނު ވިދާޅުވެއްޖެއެވެެ.

ފަޒީލާ މިހެން ބުނީ އޭނާގެ ހިޖާމާގެ ހިދުމަތްދޭ ތަނަކީ ރެޖިސްޓްރީ ނުކޮށް ހިދުމަތްދޭ ތަނެއްކަމަށް ބުނެ އެތާގެ މައްސަލަ ބަލާނެ ކަމަށް ހެލްތު  މިނިސްޓްރީން ބުނުމާއި ގުޅިގެނެވެ.

''ހިޖާމާއަށް ފާޑުކިޔާ އަންހެނުންގެ ހާއްސަ ޑޮކްޓަރުން ބަލިކުރާނަން މި ރާއްޖޭގަ. ޗެލެންޖްއެއް މި ކުރަނީ. އިންޝާﷲ އެކަން ކުރާނަން އެމީހުންގެ އޮތް ޑިމާންޑް ދައްކޮށްލާނަން. މަގޭ ނަމަކަށް ފަޒިލާއެއް ނުކިޔާނެ'' ފަޒީލާ ބުންޏެވެ.

ފަޒީލާ އިތުރަށް ބުނީ ރާއްޖޭގައި ހިޖާމާގެ ފަރުވާ ހޯދަން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 35 ނޫނީ 40 މީހުން އަންހެނުންގެ މައްސަލަތަކަށް ފަރުވާ ހޯދަން އަންނަ ކަމަށެވެ. ދަރިޔަކު ހޯދަން އުޅެ ނުލިބުން ވެސް އެމީހުން އެންމެ ފުރަތަމަވެސް އަންނާނީ ހިޖާމާގެ ހިދުމަތް ހޯދަން ކަމަށް އޭނާ ބުނެއެވެ.

ހެލްތު މިނިސްޓްރީން އެތަނުގެ މައްސަލަ ބަލަން ފެށީ ރެޖިސްޓްރީ ނުކޮށް ހިންގުމުގެ އިތުރުން ހަކުރު ބަލީގެ ފަރުވާ އަށް އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް އެދި އެ ސެންޓަރުން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގެ މައްސަލައިގަ އެވެ.

ޑައިބެޓީސް އަކީ ހިޖާމާ އިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބާރުގަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިޖާމާ ބޭނުން ކުރުމަށް ފަޒީސް ހިޖާމާ އިން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް