ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގް މިހާރު ހުރީ ދަރިއަށް ކިޔާނެ ނަން ލިސްޓްވެސް ތައްޔާރު ކޮށްގެން ކަމަށް އޭނާ ބުނެފި އެވެ.
ބަތަލާ ދީޕިކާ ޕަދުކޯންގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުގެ ފިލްމު ޖަޔޭޝްބާއި ޖޯރްދާރުގެ ޕްރޮމޯޝަނަލް އިވެންޓްގައި މިކަން ހާމަކުރަމުން ބުނެފައިވަނީ މިހާރު އޮންނާނީ ދަރިއަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް ބޭބީ ނަންތަކުގެ ދިގު ލިސްޓެއް ތައްޔާރު ކޮށްފައި ކަމަށެވެ. އަދި އެކަން ދިޕިކާއާވެސް ހިއްސާކޮށްފައި ވާނެކަމަށެވެ.
ފިލްމު ޕްރޮމޯޝަން ހަފްލާގައި އަންހެން ދަރިއަކު ލިބިއްޖެނަމަ ކިޔާނީ ކޮންނަމެއްތޯ ރަންވީރުއާ ސުވާލުކުރުމުން ބުނެފައިވަނީ އޭނާއަކީ މީހުންގެ ނަންތަކަށް ވަރަށް ސަމާލުކަންދެވޭ މީހެއްކަމަށާއި، އެހެންކަމުން ދަރިއަށް ކިޔާނެ ނަމަކާމެދު ވިސްނާ ލިސްޓު ތައްޔާރުކުރީ ކަމަށެވެ.
އަބަދުވެސް މަޖާ ސަކަރައިޖަހާ އެކްޓަރ ރަންވީރު އިތުރަށް ބުނެފައިވަނީ މީހުން ނަން ކޮޕީ ކޮށްފާނެތީ ދަރިއަށް ކިޔާނެ ނަން އަދި ހާމަނުކުރާނެ ކަމަށެވެ.
ދާދި ފަހުންވަނީ މި ދެތަރިން ދަރިއަކު ހޯދަން ޕްލޭން ކުރާކަމުގެ އަޑުތަކެއްވެސް އަރާފައެވެ. ނަމަވެސް ދެ މީހުންވެސް މިވަގުތު އުޅެނީ ފިލްމުތަކުގެ މަސައްކަތުގައި ވަރަށް ބިޒީކޮންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ރައްޓެހިވެގެން އުޅޭތާ ހައެއްކަ އަހަރު ފަހުން މި ދެތަރިން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު ސަންޖޭ ލީލާ ބަންސާލީގެ 2013 ގެ ފިލްމު "ރާމް-ލީލާ" ގެ ސެޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް