އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަ ކުރައްވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ބަހުސް އަންނަ ބުދަ ދުވަހުހެ ރޭ 10:30ގައި ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ މި ބަހުސަކީ ރާއްޖެ ޓީވީން އިންތިޒާމް ކޮށްގެން ގެންދެވޭ ބަހުސެކެވެ.
މި ބަހުސުގައި ވާދަކުރައްވާނީ އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.
މި ބަހުސުގައު މީގެ ކުރިން އިންތި ވާދަ ނުކުރާކަމަށް ބުނެ އަޑުތަށް ފެތުނު ނަމަވެސް މިހާރު މި ބަހުސްގައި ދެ ކެންޑިޑޭޓުން ވެސް ބައިވެރިވާނެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް