މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު އަދި ލާމުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ދެ ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2:00 އާއި ހަމައަށެެވެ.
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށެވެ.
ލާމުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ އެންމެ ދެކުނުގެ ފަސް އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއި ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާކޮށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވަައި ގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ. އަދި އެ ސަރަހައްދަށް ކަނޑުތަށް ވަރަށް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.
https://twitter.com/dhuvasmv/status/1523505619763933184
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް