މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން، ކަނޑު ގަދަވުމާއި އުދަ އެރުމުގެ ފުރުސަތުވެސް އޮތް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާާރާއިން ބުނެފިއެވެ.
އެގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަަކށް ބޯކޮށް ވާރޭވެހުުން އެކަށީގެންވާކަމަށެވެ. އުތުރުގެ ބައެއް އަތޮޅުތަަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށްވެސް ބުނެފައިވެއެވެ.
މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވާއިރު އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މިއަދުގެ މޫސުން މިގޮތަށް ލަފާކުރާއިރު ދިޔަވަރުބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ. ހުރިހައި ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް