ތުޅާދޫ މޮނިޓަރިން އަށް ލައިފި

ބ. ތުޅާދޫ މޮނިޓަރިންގް އަށް ލައިފިއެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތުޅާދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަ...

09 May 2021 | 18:59

ބ. ތުޅާދޫ މޮނިޓަރިންގް އަށް ލައިފިއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތުޅާދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ތުޅާދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ދެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ތުޅާދޫއިން ކޯވިޑް-19 އަށް މިހާތަނަށް ހަތަރު މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނެ އެވެ.

އެޗްޕީއޭއިން ބުނީ އެ ރަށުން ފެނުނު ކޯވިޑް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

ތުޅާދޫގެ އިތުރުން މިއަދު ވަނީ އިތުރުތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެއީ ށ. ޅައިމަގު، ރ ހުޅުދުއްފާރު އަދި ގދ. ގައްދޫ އެވެ.

މި ރަށްތަކާއި އެކު މިވަގުތު އަތޮޅު ތެރޭގެ 32 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް